
ކޮޅުފުށީ ފަތާ ސަރަހައްދު ފުންކޮށް ނިމިއްޖެ
މ.ކޮޅުފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން ފަތާ ސަރަހައްދު ފުންކުރުމުގެ މަސައްކަތް ނިމިއްޖެއެވެ.

މިމަަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ބުނީ، ކޮޅުފުށީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ފަތާ ސަރަހައްދު ފުންކުރުމުގެ މަސައްކަތްވެސް މިހާރު ނިމިފައިވާ ކަމަށެވެ. މީގެއިތުރުން ރިވެޓްމެންޓްގެ ޕްރޮފައިލިންގެ މަސައްކަތްތައް މި ހަފުތާ ތެރޭގައި ފަށާނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ.
އެމް.ޓީ.ސީ.ސީން ބުނީ، މި މަޝްރޫއުގެ ދަށުން 9683 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް، 202 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލައި 519 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޕްލޭނިންގ މިނިސްޓްރީން މިމަޝްރޫއުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާއި ހަވާލުކޮށްފައިވަނީ، 22.96 މިލިއަން ރުފިޔާއަށެވެ.