އަދި މިހާތަނަށް އެއްވެސް ރައީސަކަށް ނުލިބޭވަރުގެ ލޯތްބެއް ރައްޔިތުންވަނީ ރައީސް ސޯލިހަށް ދީފައި -- ފޮޓޯ އެމްޑީޕީ

ކުދި ރަށްތަކުގެ ލޯތްބާއި ތާޢީދު ރައީސް ޞާލިހަށް

ބުރާސްފަތި 17 އޮގަސްޓް 2023 | އަހުމަދު ދާއޫދު

ޒަމާނުންސުރެ ދިވެހިރާއްޖޭގެ ރަށްތަކުގައި ދިރިއުޅެމުން ގެންދާ ރައްޔިތުންނަކީ ތަރައްޤީ އާއި ކުރިއެރުމަށް ނުހަނު ބޮޑަށް ބޭނުން ވެފައިވާ ބައެކެވެ.

Advertisement


ނަމަވެސް މީގެ ކުރިން އަޅުގަނޑުމެންނަށް މުޅިންވެސް އިވެމުންދިޔައީ ރާއްޖޭގެ ރަށްތައް ތަރައްޤީކޮށް ކުރިއެރުވުމުގައި ރަށްރަށުގައި މީހުން ދިރިއުޅެމުން ގެންދާ ނިސްބަތަށް ބަލައިގެން ރަށްތައް ތަރައްޤީ ކުރަމުން ގެންދާ ވާހަކަތަކެވެ. ހުރިހާ ތަރައްޤީއަކާއި ކުރިއެރުމެއް ވެސް އާބާދީގެ ގޮތުން އެންމެ ގިނަމީހުން ދިރިއުޅެމުން ގެންދާ ރަށްތަކަށް "އޮއްސާލަމުން" ގެންދާ ވާހަކަތަކެވެ. އާބާދީގެ ގޮތުން މަދު މީސްކޮޅެއް ދިރިއުޅެމުން ގެންދާ ރަށްތަކަށް ތަރައްޤީގެ ގޮތުން އެއްވެސް ކަމެއް ކޮށްނުދީ "ބާކީ" ކޮށްލައިފައިވާ ވާހަކަތަކެވެ.

މި ސަރުކާރުން ނ.ހެނބަދޫގެ ތަރައްޤީއަށް ވަނީ ވަރަށް ގިނަ ޕްރޮޖެކުޓަށް ހިންގާފައި / ފޮޓޯ:އެމްޑީޕީ

ދިވެހި ރާއްޖޭގެ ރައީސުލް ޖުމުހުރިއްޔާ ކަމުގެ މަޤާމާއި ރާއްޖޭގެ އަތޮޅަކަށް ނިސްބަތްވެ ވަޑައިގަންނަވާ އާދެ! ޅ. ހިންވަރަށް އުފަން ޅ.ހިންނަވަރު ނޫރާނީއާގޭ އަލްފާޟިލް އިބުރާޙިމް މުޙައްމަދު ޞާލިޙް ހަވާލުވެ ވޑައިގަތުން ވެގެން ދިޔައީ ދިވެހިރާއްޖޭގައި މީގެ ކުރިން މިއޮތް ކުޑަރަށް އަދި ބޮޑު ރަށުގެ ތަފާތު ނެތި ރާއްޖޭގެ ކުދި ޢަބާދީތަކަށް ވެސް ތަރައްޤީއާއި ކުރިއެރުން އަންނަފެށުން ކަމުގައެވެ.

ރައީސް އިބްރާޙިމް މުޙައްދު ޞާލިހުގެ ކުޑަރަށެއް އަދި ބޮޑުރަށެއް ތަފާތު ނުކުރުމުގެ ސިޔާސަތުގެ ދަށުން މިއަދު ރާއްޖޭގައި ޢަބާދީގެ ގޮތުން އެންމެ މަދު މީހުން ދިރިއުޅެމުން ގެންދާ ކުދި ކުދި ރަށްރަށުގައި ދިރިއުޅެމުންދާ އެންމެހައި ރައްޔިތުންނަށް ވަނީ އުފަލާއި ހިތްހަމަޖެހުން ގެނެސްދީފައެވެ. އެރަށްރަށުގެ ރައްޔިތުންނަށް އަމިއްލަ ވަޒަނުގައި ތިބިގެން ދިރިއުޅުމާއިގެން ކުރިއަށް ދެވިދާނެކަމުގެ އުންމީދުތައް އައު ކޮށްދީފައެވެ.

މިފަދަ ކުޑަ ރަށެއްގެ އެއް މިސާލަކީ ނ.އަތޮޅުގެ އުތުރު ބިތުގައި އޮތް އެންމެ ކުޑައާބާދިއެއް އޮތް އެއް ރަށްކަމަށްވާ ކުޑަ،ކުޑަ ހެނބަދޫއެވެ.

ނ.ހެނބަދޫއަކީ ރައީސް އިބުރާޙިމް މުޙައްމަދު ޞޯލިޙް ވެރިކަމަށް ވަޑައިގެންނެވިއރު ލަފާފުރުމުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެ މިކަމުން ސަލާމަތްވުމަށް ބަނދަރަކަށް ނުވަތަ ފެންވަރު ރަނގަޅު ޖެޓީއަކަށް އެދި ވޭތުވެދިޔަ ސަރުކާރުތަކުގައި ސަލާމް ޖަހަމުންގެންދިޔަ ރަށެކެވެ. ހަމަ މިއާއިއެކު އެންމެ އަސާސީ ކަންތައްތައް ކަމަށްވާ ރަނގަޅު ބޯފެނުމުގެ ނިޒާމަކަށާއި ސްކޫލުގެ ކިޔެވުން އެއް ދަންވފަޅިއަކަށް ބަދަލުކޮށް ދިނުމަށް އެދި އަދޭސްކުރަމުން ގެންދިޔަ ކިޔަމަންތެރި ރައްޔިތަކު ދިރިއުޅެމުން ގެންދިޔަ ރަށެކެވެ.

ރައްޔިތުންގެ މިއަޑުތަކާއި މި ކެކުޅުންތައް ވޭތުވެދިޔަ ސަރުކާރުތަކަށް ކެނޑިނޭޅި އިއްވި ކަމުގައިވިޔަސް އެއްވެސް ސަރުކާރަކުން އަޑުއަހާ އިޖާބައެއް ދީފައެއް ނުވެއެވެ. ހަމަ އެންމެ ސަބަބަކާއި ހުރެއެވެ. ހެނބަދޫއަކީ އާބާދީގައި މަދު މީސްކޮޅެއް ދިރިއުޅޭ ކުޑަ،ކުޑަ ރަަށަކަށް ވާތީއެވެ.

މިއަދު މިވަނީ މުޅި މަންޒަރު ބަދަލުވެފައެވެ. އަދުގެ ރައީސުލް ޖުމުހުރިއްޔާ އަލްފާޟިލް އިބުރާޙިމް މުޙައްމަދު ޞާލިޙްގެ ކުޑަރަށެއް ބޮޑުރަށެއް ތަފާތު ކުރުމެއްނެތި ހެނބަދޫ ރައްޔިތުންގެ ހުރިހާ އުންމީދެއް މިވަނީ ހާސިލް ކޮށްދެއްވާފައެވެ.

މި ސަރުކާރުން ނ.ހެނބަދޫގެ ތަރައްޤީއަށް ވަނީ ވަރަށް ގިނަ ޕްރޮޖެކުޓަށް ހިންގާފައި / ފޮޓޯ:އެމްޑީޕީ

މިއަދު ސައިޒުގެގޮތުން ނ.އަތޮޅުގައި އޮތް އެންމެ ކުޑަ ރަށްކަމަށްވާ ހެނބަދޫގައި ވަނީ އެންމެ ޒަމާނީ ފެންވަރު ރަނގަޅު ބަނދަރެއް ހެދިފައެވެ. އެންމެ ޒަމާނީ ފެންވަރުގެ އިންޖީނުގެއަށް ޤާއިމުކުރެވި އިންޖީނުގޭގެ ޚިދުމަތް ދޭން ފެށިފައެވެ. އޭޓީއެމް މެޝިންގެ ޚިދުމަތް ދޭން ފެށިފައެވެ. ފެނާއި ނަރުދަމާގެ ނިޒާމް ޤާއިމުކުރެވިފައެވެ. މިއަދު ހެނބަދޫ ސްކޫލަކީ އެންމެ ޒަމާނީ ފެންވަރުގެ މަލްޓި ޕާޕާސް ހޯލެއް ޢިމާރާތް ކުރެވެމުންދާ އަދި އެއްދަންފަޅިއަށް ކިޔެވުން ބަދަލުކުރުމަށް ބެނުންވާ ކުލާސްރޫމުތައް އިމާރާތް ކުރެވި ނިމެމުން އަންނަ ރަށެކެވެ. އަދި މީގެ އިތުން ރައްޔިތު މީހާއަށް ބޭނުންވާ އަސާސީ ބޭނުންތައް އެންމެ ފުރިހަމައަށް ޤާއިމުކުރެވެމުންދާ ނަމޫނާރަށެކެވެ. ހަމަ މިއާއި އެކު އެކީގައި ރަށްގިރުމުގެ މައްސަލައަކީވެސް އަދުގެ ސަރުކާރުން އިސްކަމެއް ދެއްވައިގެން ހެނބަދޫއަށް ކޮށްދެއްވާފައިވާކަމެކެވެ.

މިހިރަ މިހަރަ ކަންތައްތަކަކީ މީގެ ކުރިން ދިވެހިރާއްޖޭގެ ރައީސުލް ޖުމުހުރިއްޔާކަން ކުރައްވާފައިވާ އެއްވެސް ވެރިއެއްގެ ކިބައިން އަޅުގަނޑުމެންނަށް ފެނިފައިވާ ކަންތައްތަކެއް ނޫނެވެ.

މިހުރިހާކަމެއް މިހެން ހުރުރުމާއި އެކު ދިވެހިރާއްޖޭގެ ގިނަ ރައްޔިތުންގެ އިޚްތިރާމާއި ލޯބި އަދުގެ ރައީސުލް ޖުމުހުރިއްޔާ އިބުރާޙިމް މުޙައްމަދު ޞާލިހަށް ދަނީ ލިބެމުންނެވެ.  



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.