ކުރީގެ ރައީސުލްޖުމުހޫރިއްޔާ އިބުރާޙިމް މުޙައްމަދު ޞާލިޙް / ފޮޓޯ:އެމްޑީޕީ

މަޖިލިސް އިންތިހާބު ބޮޑުތަނުން ކާމިޔާބުވާތަން އެބަ ފެނޭ: ރައީސް ޞާލިޙް

ހުކުރު 19 އޭޕްރީލް 2024 | އަހުމަދު ދާއޫދު

މިއަންނަ އާދިތަ ދުވަހު ރާއްޖޭގައި ބާއްވާ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބު ބޮޑުތަނުން އެމްޑީޕީއަށް ކާމިޔާބު ވާތަން ފެނިވަޑައި ގަންނަވާކަމަށް ކުރީގެ ރައީސުލްޖުމުހޫރިއްޔާ އިބުރާޙިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

Advertisement


އެމްޑީޕީން ބޭއްވި މިސްރާބު ހަމަމަގަށް ކެމްޕެއިން ނިންމާލުމުގެ ހިނގާލުމުގެ ތެރޭގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ އެމަނިކުފާނު ކެމްޕެއިން އަށް އެތައް ރަށަކަށް ވަޑައިގެންނެވި އިރު ކޮންމެ ދިމާލަކުން ވެސް ފެނިވަޑައިގެންނެވީ މާޔޫސްކަން ކަމަށެވެ. އަދި މިހާރުގެ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަން ވެވަޑައިގެންނެވި ވައުދުތައް ފުއްދަވަމުން ނުގެންދަވާތީ އެކަމާއި މެދު އާއްމުން ކަންބޮޑުވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޞާލިޙް އިތުރަށް ވިދާޅުވީ އެކަން ބަދަލުކުރަން ޖެހޭ ކަމަށް ބުނެ ރާއްޖޭގެ ހުރިހާ ހިސާބެއްގައި އަޑު އުފުލަމުންދާ ކަމަށާއި، އެމްޑީޕީ އިން އަނެއްކާވެސް ނުކުމެ އޮތީ ރާއްޖެ ހަމަމަގަށް އަޅުވާ އާއްމުންގެ އަޑު އިއްވުމަށް ކަމަށެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލިބުމާއި އެކު މި ސަރުކާރު ޖަވާބުދާރީކުރުވަން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމަށް ރައީސް ޞާލިޙު ވިދާޅުވިއެވެ. ސަރުކާރާއި އެއްކޮޅަށް ދޭ ވޯޓަކީ އެއީ ތަރައްޤީ އާއި ދެކޮޅަށް ދެވޭ ވޯޓެއްގެ ގޮތުގައި އެމަނިކުފާނު ވަނީ ސިފަކުރައްވާފައެވެ.

އެހެންކަމާއި އެކު ވޯޓުލާ ދުވަހު ނުކުމެ މި އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކުރުމަށް މަސައްކަތްކޮށްދިނުމަށް އެމަނިކުފާނު ވަނީ އެންމެހައި ދިވެހި ލޮބުވެތި ރައްޔިތުންގެ ކިބައިން އެދިވަޑައި ގަންނަވާފައެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.