
ބަދިގެ: އާދައިގެ ޕާން ތައްޔަަރުކުރާނެގޮތް
މިއަހަރުގެ ރޯދަމަހަކީ އެހެން އަހަރުތަކާ ހިލާފަށް، ހަރަދު ކުޑަކޮށް، ކެއްކުމަށް ބޭނުންވާ ބައެއްތަކެތި ލިބުމުގައި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ރޯދަމަހެކެވެ.

މިފަދަ ދަނޑިވަޅެއްގައި ގޭގައި ހުރި އެއްޗެހި ބޭނުންކޮށްގެން ތައްޔާރު ކޮށްލެވޭ ކާނާއެއް ހެދުމަށް އެންމެންވެސް ސަމާލުކަންދޭނެއެވެ. އެގޮތުން ޕާނަކީވެސް ފަސޭހައިން ހެދޭނެ ބާވަތެކެވެ.
އާދައިގެ ޕާން ހެދުމަށް ބޭނުންވާ ތަކެތި:
- މޭޒުމަތީ ސަމްސަލެއްގެ ޑްރައި އީސްޓް
- އާދައިގެ ތައްޓެއްގެ ހޫނު ފެން
- އާދައިގެ ތިންތަށި ފުށް
- މޭޒުމަތީ ސަމްސަލެއްގެ ހަކުރު
- ސައި ސަމްސަލެއްގެ ލޮނު
- މޭޒުމަތީ ސަމްސަލެއްގެ ތެޔޮ
ޕާން ހަދާނެގޮތް:
- ހޫނު ފެނުގެ ތެރެއަށް އެއްތަށި ފުށާއި، އީސްޓް އަދި ހަކުރު ކޮޅު އަޅާލުމަށްފަހު 20 މިނެޓު ބަހައްޓާނީއެވެ.
- ބާކީ ދެ ތަށި ފުށަށް ލޮނުކޮޅު އަޅާލުމަށްފަހު ކުރިން ތައްޔާރުކުރި އީސްޓް މިކްސްޗާ އާއި ފުށްކޮޅު އެއްކޮލާނީއެވެ.
- އޭގެފަހުގައި، ތެޔޮކޮޅު އަޅާލުމަށްފަހު ފުށްގަނޑު މަޑުވަންދެން މޮޑެލާނީއެވެ.
- މޮޑުނު ފުށްގަނޑު އެއްގަޑީރާއި ދެގަޑީރާ ދެމެދުގެ ވަގުތަކަށް ވައި ތެތްފޮތިގަނޑެއްގައި ބަނދުކޮށްލާފައި ބަހައްޓާނީއެވެ.
- ފުށްގަނޑު ތެތްފޮތިގަނޑުގައި ގާތްގަނޑަކަށް ދެ ގަޑީރު ބޭއްވުމަށްފަހުގައި، ވައި ބޭރިނުވާހެން 40 މިނެޓުވަރު ބޭއްވުމުގެ ކުރިން މިނެޓެއްހާއިރަށް މޮޑެލަން ވާނެއެވެ.
- 40 މިނެޓުފަހުން، ފުށްގަނޑު ފިހަން ލުމުގެ ކުރިން ބިހެއް ގިރާލުމަށްފަހު މަތީގައި އުނގުޅާލުން ރަނގަޅެވެ.
- އެންމެފަހުން އަވަން ހޫނުވުމުން، 15 މިނެޓާއި 20 މިނެޓާއި ދެމެދުގެ ވަގުތަކަށް 180 ޑިގްރީގައި ޕާން ފުށްގަނޑު ފިހެލާނީއެވެ.
- ޕާން ފިހެވުމުން، އަވަނުން ނެގުމަށްފަހު ތުވާއްޔަކުން ބަނދު ކޮށްލާފާ ބޭއްވުމުން ގިނައިރު ވަންދެން ހަރުނުވެ އޮންނާނެއެވެ.