އެޗްޑީސީ ---

މުވައްޒަފަކު ވަޒީފާއިން ވަކިކުރީ، ކުލީގެ ފައިސާއަށް ޚިޔާނަތްތެރިވެެގެން: އެޗްޑީސީ

ހޮނިހިރު 18 މާޗް 2023 | މޫސަ

އެޗްޑީސީގެ ތިޖޫރީން ވައްކަންކޮށްފައި ނުވާކަމަށާއި، ވަޒީފާއިން ވަކިކުރި މުވައްޒަފަކީ، އެޗްޑީސީގެ ފްރޮންޓް އޮފީހުގެ ކައުންޓަރުން ކުލީގެ ފައިސާ ބަލައިގަނެ ފައިސާގެ ރަޝީދު ދޫކުރުމަށްފަހު އެފައިސާއަށް ޚިޔާނާތްތެރިވި މުވައްޒަފެއްކަމުގައި، އެޗްޑީސީން ބުނެފިއެވެ.

Advertisement


މީޑިއާގެ އެކި މަންސަތަކުގައި އެޗްޑީސީގެ ތިޖޫރިން މުވައްޒަފަކު ވައްކަންކުރިކަމަށް ފެތުރެމުންދާ ހަބަރުތަކާއި ގުޅިގެން އެޗްޑީސީން ވަނީ އެކަން ދޮގުކޮށްފައެވެ. އެޗްޑީސީން ބުނީ، އެ ކޯޕަރޭޝަންގެ މުވައްޒަފަކު އާއްމު ފަރާތަކުން ކުލީގެ ގޮތުގައި ދެއްކި ފައިސާއަށް ރިސިޕްޓް ދިނުމަށްފަހު އެ ފައިސާ ރިކޮންސައިލް ނުކޮށް އަމިއްލަ ބޭނުމަށް ނެގިކަން ކުންފުންޏަށް ފާހަގަކުރެވުނު ހިސާބުން އެ މައްސަލަ ބަލައި، އަދި އެކުށަށް އެ މުވައްޒަފު އިޢުތިރާފުވުމާއިއެކު މިހާރު އޭނާ ވަނީ ވަޒީފާއިން ވަކިކޮށްފައި ކަމށެވެ. އަދި މި އަމަލު ހިންގިކަން ފާހަގަކުރެވުނީ މި ކޯޕަރޭޝަންގެ އިންޓަރނަލް ކޮންޓްރޯލްތަކުގެ ތެރެއިން ރިކޮންސައިލް ކުރަން ޖެހޭ ފައިސާގައި މައްސަލަތަކެއް ހުރުމުން އެކަން ފާހަގަކުރެވިގެން ކަމށާއި، އަދި ކައުންޓަރުގައި ހަރުކުރެވިފައިވާ ސީސީޓީވީ ކެމެރާއަށްވެސް މި މުވައްޒަފުގެ އަމަލު ވަނީ ރެކޯރޑްކުރެވިފައި ކަމުގައި އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީން ބުނީ އެ ކޯރޕަރޭޝަންގެ ތިޖޫރީއިން ފައިސާ ވަގަށް ނެގުމަށް ކުންފުނީގެ މުވައްޒަފަކަށްވެސް ފުރުޞަތެއް ނޯންނާނެ ކަމަށެވެ. އަދި އެ ކޯރޕަރޭޝަންގައި ޤާއިމް ކުރެވިފައިވާ އިންޓަރނަލް ކޮންޓްރޯލް އަދި އިންޓަރނަލް އޮޑިޓް އުސޫލުތަކުގެ ތެރެއިން މިފަދަ އަމަލުތަކަށް ޖާގައެއް ނުލިބޭނެކަމުގައިވެސް އެޗްޑީސީން ވަނީ ބުނެފައެވެ. އަދި އެ މައްސަލަވެސް އަޅުގަނޑުމެންގެ ސަމާލުކަމަށް އައިސްފައިވަނީ މި ކޮންޓްރޯލްތައް ޤާއިމްކުރެވިފައިވާތީ ކަން ފާހަގަކޮށް، މިފަދަ އަމަލުތައް ހިންގާ މުވައްޒަފުންނާ މެދުގައި ވަގުތުން ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގައިވެސް އެޗްޑީސީން ވަނީ ބުނެފައެވެ.

އެޗްޑީސީގެ ފައިސާއަށް ކުންފުނީގެ މުވައްޒަފަކު ޚިޔާނާތްތެރިވިއިރު، އެކުންފުނީގެ އެހެން މުވައްޒަފަކު، ޤަވާއިދާ ޚިލާފަށް ތިލަފުށިން ބިމެއް ވިއްކާލުމަށް މަސައްކަތްކޮށް މާލީ ފައިދާތަކެއް ހޯދި ކަމުގެ މައްސަލައެއްވެސް މިހަފްތާގައި ވަނީ ފެންމަތިވެފައެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.