ރަށްރަށުގެ ރައްޔިތުން އިބޫއަށް ތާއީދުކުރަނީ ހިތާރުހުމުން --- ފޮޓޯ : އެމްޑީޕީ

ރާއްޖޭގެ ރަށްތަކުން ދައްކައިދެނީ ރައީސް އިބޫ އެއްބުރުން ހޮވޭނެކަން

ބުދަ 30 އޮގަސްޓް 2023 | އަހުމަދު ދާއޫދު

މީގެ ކުރިން ރާއްޖޭގެ ރައީސުލް ޖުމުހުރިއްޔާ ކަމުގެ މަޤާމު އެއް ދަޢުރު ފުރިހަމަ ކުރެއްވުމަށް ފަހު ދެވަނަ ދަޢުރަކަށް ކުރިމަތިލައްވާ ތާއީދު ހޯއްދެވުމަށް ރާއްޖޭގެ އަތޮޅުތަކަށް މީގެ ކުރިންވެސް ބައެއް ރައީސުންވަނީ ދަތުރުފުޅު ކުރައްވާފައެވެ. މީގެ ކުރިން އަޅުގަނޑުމެންނަށް ފެނިގެން ދިޔަ މަންޒަރުތަކާއި މިއަދުގެ ރައީސުލް ޖުމުހުރިއްޔާ އަލްފާޟިލް އިބުރާޙިމް މުޙައްމަދު ޞާލިޙް މިހާރު ކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުތަކުން ފެންނަމުންދާ މަންޒަރުތައް ވަރަށް ތަފާތެވެ.

Advertisement


މީގެ ކުރީގެ ރައީސުން ދެވަނަ ދަޢުރަށް ކުރިމަތި ލެއްވުމަށް ފަހު ކެމްޕެއިނަށް ކުރެއްވި ދަތުރުފުޅުތަކާއި ގުޅިގެން އިވެމުން ދިޔަ އަޑަކީ ސަރުކާރުގެ ވަޞީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށް ، ސަރުކާރުގެ ވަޒީފާތަކުގައި މަސައްކަތް ކުރައްވާ މުއައްޒަފުންނަށް މަޖުބޫރު ކޮށްގެން ރައީސުލް ޖުމުހުރިއްޔާއަށް މަރުހަބާ ދެންނެވުމަށް އެ މުއައްޒަފުން ނެރެމުންގެންދާ ކަމުގެ ޝަކުވާތަކެވެ.

އެމްޑީޕީއަށް ރައްޔިތުން ދައްކައިދޭ ތާއިދުން ދޭހަވަނީ މި އިންތިހާބު އެއްބުރުން ރައީސް ޞާލިޙް ކާމިޔާބު ކުރައްވާނެކަން / ފޮޓޯ:އެމްޑީޕީ

މިގޮތައް ސަކުވާތައް އޮހެމުން ދިޔަ އިރުވެސް އަޅުގަނޑުމެންނަށް އޭރު ފެނިގެން ދިޔަ މަންޒަރުތަކަކީ ރާއްޖޭގެ ގިނަރަށްރަށުން އޭރުގެ ރައީސުންނަށް މަރުހަބާ ކިޔުމަށް ނިސްބަތުން މަދު ބަޔަކުން ނިކުތްކަމެވެ. އަދި ވަކިން ހާއްޞަކޮށް ރާއްޖޭގެ އާބާދީ މަދު ކުދި ރަށްރަށަށް އެ ރައީސުން ވަޑައިގަންނަވަން ވެސް ކެރިވަޑައި ނުގަތްކަމެވެ.

މިއަދު އަޅުގަނޑުމެންނަށް ފެންނަމުންދާ މަންޒަރުތައް މިވަނީ މުޅިން ބަދަލުވެފައެވެ. މީގެ ކުރިން ރައީސްކަން ކުރައްވާފައިވާ ފަރާތްތައް ދެވަނަ ދަޢުރުގެ ކެމްޕެއިންގައި ސަރުކާރުގެ އުޅަދުތައް ބޭނުން ކުރެއްވި އިރު މިއަދުގެ ރައީސުލް ޖުމުހުރިއްޔާ އަލްފާޟިލް އިބުރާޙިމް މުހައްމަދު ޞާލިޙް ކެމްޕެއިންގައި ދަތުރު ކުރެއްވުމަށް ބޭނުން ކުރައްވަނީ އެކަމަށް ހާއްޞަކޮށްގެން އެމަނިކުފާނުގެ ޕާޓީއިން ކުއްޔަށް ހިފާފައިވާ އުޅަދެކެވެ. ހަމަ އެހެންމެ އަދުގެ ސަރުކާރުން ރައީސުލް ޖުމުހުރިއްޔާ ދަތުރުފުޅާއި ގުޅިގެން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ނުކުތުމަށް ސަރުކާރުގެ އެއްވެސް މުއައްޒަފަކަށް، އެއްވެސް މުއައްސަސާއަކަށް އަންގާ މަޖުބޫރު ކޮށްފައެއް ނުވެއެވެ.

މިކަން މިހެން އޮތް ނަމަވެސް ރައީސް އިބުރާޙިމް ޞާލިހް ކެމްޕެއިނަށް ވަޑައިގެންނެވި ކޮންމެ ރަށަކުންވެސް ފެނިގެން ދަނީ އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށްޓަކައި ކޮޅާއި ކޮޅު ނުފެންވަރުގެ ދިގު ކިއުތައް ހަދާލެވިފައިވާ މަންޒަރުތަކެވެ. ޖަލްސާއެއް އަދި ބައްދަލުވުމެއް ބޭއްވޭކަމަށް ވާނަމަ އެ ބައްދަލުވުމެއް ބާއްވާ މާލަމެއް ނުވަތަ ތަނެއް ފުރި ބާރުވެގެންދާ ތަނެވެ.

ދިވެހި ރައްޔިތުންގެ ހިތުގައި އަދުގެ ރައީސުލް ޖުމުހުރިއްޔާ އަލްފާޟިލް އިބްރާޙިމް މުހައްމަދު ޞާލިހަށް ވަނީ ނުހަނު މަތިވެތި ލޯތްބަކާއި ކުލުނެއް އުފެދިފައެވެ. ވޭތުވެދިޔަ 5 ވަރަކަށް އަހަރު ކުދި ރަށެއް ބޮޑު ރަށެއް ނުބަލާ ރާއްޖޭގެ އެންމެހައި ރަށްތަކަށް އެމަނިކުފާނު އެދެއްވި އަހައްމިއްޔަތު ކަމާއި ރަށްތަކަށް ގެންނެވި ތަރައްޤި މިއަދުވަނީ ދިވެހި އެންމެހައި ރައްޔިތުން ބަލައި ގެންފައެވެ. މިއަދު އެމަނިކުފާނު ވަޑައިގަންނަވާ ކޮންމެ ރަށަކުން އަދި ކޮންމެ ތަނަކުން މިއަދު ފެނިގެންދަނީ އެކަމުގެ އަގު ދިވެހި އެންމެހާ ރައްޔިތުން ވަޒަން ކުރަމުންދާ ތަނެވެ.

އެމްޑީޕީއަށް ރައްޔިތުން ދައްކައިދޭ ތާއިދުން ދޭހަވަނީ މި އިންތިހާބު އެއްބުރުން ރައީސް ޞާލިޙް ކާމިޔާބު ކުރައްވާނެކަން / ފޮޓޯ:އެމްޑީޕީ

ރާއްޖޭއަށް އަދި ވަކިން ހާއްޞަކޮށް ރާއްޖޭގެ އަތޮޅުތަކަށް އެމަނިކުފާނު ގެންނެވި ތަރައްޤީއަކީ މިއަދު ދިވެހި ތާރީޙްގައި ރަން އަކުރުން ލިޔެވިގެންދާނެ ކަމެއްކަށް ޔަޤީނެވެ. ކުޑަ ރަށެއް ބޮޑުރަށެއް ނުބަލާ މުޅި ރާއްޖޭގެ އަތޮޅުތަކު ހުރިހާ ރަށަކަށްވެސް ވަނީ މިއިން ޒަމާނަކުވެސް ނާންނަހާ ތަރައްޤީއަށް ކުރިއެރުން ގެނެސްދީފައެވެ. މިއަދުވެސް އެދަނީ ތަރައްޤީގެ ތަފާތު މަޝްރޫޢުތައް ފަތުއަޑުކިޔާފައި ހިނގަމުންނެވެ.

މިއަދު ކެމްޕެއިން ދަތުރުތަކުގައި ރައީސް އިބްރާޙިމް މުޙައްމަދު ޞާލިހް ވަޑައިގަންނަވާ ކޮންމެ ރަށަކުން އެމަނިކުފާނަށް ލިބިގެންދާ ތަރުހީބާއި ސަޕޯރޓުގެ އެންމެ ބޮޑު ސިއްރަކީ މިއެވެ. މިއަދު ދިވެހި ގިނަ ރައްޔިތުންގެ އެއްއަޑަކުން ގޮވަމުން މިދަނީ އަންނަ މަހުގެ 9 ގައި ބޭއްވޭ ރިޔާސީ އިންތިހާބު ދެ ވަނަބުރަކަށް ނުގޮސް ހަމަ ސީދާ އެއްބުރުން މިއަދުގެ ރައީސުލް ޖުމުހުރިއްޔާ އިބުރާޙިމް ޞާލިހަށް ދޭން ޖެހޭކަމެވެ. މިއަދު ދިވެހި ރައްޔިތުން ނިކުމެ އެގެންދަނީ ޢަމަލީ ގޮތުންވެސް އެކަން ދައްކައި ދެމުންނެވެ.

އެމްޑީޕީއަށް ރައްޔިތުން ދައްކައިދޭ ތާއިދުން ދޭހަވަނީ މި އިންތިހާބު އެއްބުރުން ރައީސް ޞާލިޙް ކާމިޔާބު ކުރައްވާނެކަން / ފޮޓޯ:އެމްޑީޕީ



ހަމަ ހަޤީގަތުގައިވެސް ދިވެހިރައްޔިތުން އަދުގެ ރައީސުލް ޖުމުހުރިއްޔާ އެރައްޔިތުންގެ ގާތަށް ވަޑައިގެންނެވުމުން މިއަދު އެދައްކައި ދެނީ ކުރިއަށް އޮތް އިންތިހާބު އެމަނިކުފާނަށް ހަމަ ސީދާ އެއްބުރުން ކާމިޔާބު ކޮށްދެއްވާނެ ކަމެވެ. މިފަހަރުގެ ރިޔާސީ އިންތިހާބަކީ ކޮންމެހެން ދެވަނަބުރަކަށް ދާން ޖެހޭނެ އިންތިހާބެއް ނޫންކަމެވެ. މިފަހަރުގެ އިންތިހާބު ހަމަ ސީދާ އެއްބުރުން ރައީސް ޞާލިޙް ކާމިޔާބު ކުރައްވާނެކަމެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.