ޒުވާނާ ނިޔާވެފައި އޮތް ސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވަނީ

މާފަންނު ގެއަކުން ނިޔާވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދި އައިމަން

ހޯމަ 20 މެއި 2024 | އަހުމަދު ދާއޫދު

މާފަންނު ގެއެއްގެ ތެރޭގައި ނިޔާވެފައި އޮއްވާ މިއަދު ފެނުނީ ގެއްލިގެން ހޯދަމުން ދިޔަ ޒުވާނާކަމަށް ދިވެހި ފުލުހުން ވިދާޅުވެއްޖެއެވެ.

Advertisement


ދިވެހި ފުލުހުން ވިދާޅުވީ މއަދުގެ ވަގުތެއްގައި މ.ރަބީޢުވިލާއިން މަރުވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުން ދިޔަ މއ. ބޯޅަކިންކިރިމާގެ، އުމުރުން 30 އަހަރުގެ އަހުމަދު އައިމަން އަޙްމަދު ކަމަށް ޔަޤީން ކުރެވިފައިވާ ކަމަށެވެ.

އައިމަންގެ އާއިލާއަށް އޭނާގެ ހަބަރެއްނުވެގެން ފުލުހުންނަށް ރިޕޯޓުކޮށްފައިވާތީ އޭނާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުން ފަށާފައި ވަނީ މިއަދުއެވެ. އޭރު އައިމަން އާއިލާ އާއި ހަވާލާދީ ފުލުހުން ބުނީ އައިމަން އެންމެ ފަހުން ފެނިފައިވަނީ މި މަހުގެ 16ވަނަ ދުވަހުގެ ރޭގަނޑު 9:30 ހާއިރު، އޭނާ ދިރިއުޅޭ ގެއިން ކަމަށެވެ.

އައިމަން ގެއްލުނުކަން ރިޕޯޓް ކުރި ފަހުން މިއަދު މެންދުރު ފަހު މ. ރަބީއުވިލާ ގޭގެ ގްރައުންޑް ފްލޯގައި ފިރިހެނަކު ނިޔާވެފައި އޮތް ކަމުގެ ރިޕޯޓް ހާއިރު ލިބިގެން ސީންގައި ފުލުހުން ހަރަކާތްތެރިވިއެވެ.

އެ ފެނުނު މީހާގެ ހަށިގަނޑަކީ ކާކުކަން ދެނެގަތުމަށް ސައިންޓިފިކް އެނަލިސިސްތައް ހެދުމަށް ފަހު އިތުރު ތަފްސީލު ދެމުން ފުލުހުން މިރޭ ވިދާޅުވީ ނިޔާވެފައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުންދިޔަ އައިމަން ކަމަށެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.