ހައްޖުވެރިން މިނާގައި ތިބީ ހައްޖުވެރިންނަށް ހާއްޞަކުރެވިފައިވާ ފޭލިގެތަކުގައި / ފޮޓޯ:ހައްޖު ކޯޕަރޭޝަން

ރާއްޖެއިން މިފަހަރު ހައްޖަށް ދިޔަ އެންމެން މިވަގުތު ތިބީ މިނާގައި

ހުކުރު 14 ޖޫން 2024 | އަހުމަދު ދާއޫދު

މިއަހަރު ރާއްޖޭއިން ހައްޖުގެ އަޅުކަން އަދާކުރުމަށް ދިޔަ އެންމެހައި ހައްޖާޖީން މިވަގުތު ތިބީ މިނާގައެވެ.

Advertisement


މިއަހަރު ރާއްޖޭއިން ހައްޖަށް މީހުން ގެންގޮސްފައި ވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އެކަންޏެވެ. އެކުން ފުނިން ވިދާޅުވި ގޮތުގައި މިއަހަރު ރާއްޖެއިން ހައްޖަށް ދިޔަ އެންމެންވެސް މިހާރު ތިބީ މިނާގައި އެފަރާތްތަކަށް ހާއްޞަ ކުރެވިފައިވާ ފޭލިގެތަކުގައެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން މައުލޫމާތު ދެއްވާފައިވާ ގޮތުގައި ރާއްޖެއިން ހައްޖަ ދިޔަ އެންމެންގެ ހާލުވެސް މިވަގުތަށް ރަނގަޅެވެ.

މިނާއަށްފަހު ހައްޖުވެރިން ދެން ދާނީ ހައްޖުގެ އެންމެ މުހިންމު ރުކުން އަދާ ކުރުމަށް އަރަފާތަށެވެ. ހައްޖު މަހުގެ 9 ވަނަ ދުވަހުގެ މެންދުރު ފަހުން ޢަރަފާތުގައި މަޑުކުރުމަކީ ޙައްޖުގެ އެންމެ މުހިންމު ރުކުނެވެ. ހައްޖުގެ މާތް އަޅުކަމަށް އެދި އެބިމަށް އެދުވަހު އިރު އޮއްސުމުގެ ކުރިން ދެވިއްޖެ ކޮންމެ މީހަކަށް ހައްޖުގެ މަތިވެރި ސަވާބާއި ދަރުމަ ލިބިގެންދާނެއެވެ.  



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.