އަބްދުއްރަހީމް އަބްދުއްލަތީފު

ކުރީގެ ޗީފް އަބްދުއްރަހީމް ތުރުކީގެ ސަފީރަކަށް އައްޔަން ކުރަން ފާސްކޮށްފި

އާދީއްތަ 30 ޖޫން 2024 | އަހުމަދު ދާއޫދު

ރާއްޖެ އިން ތުރުކީ އަށް ކަނޑައަޅާ ސަފީރަކަށް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ކުރިން ހުންނެވި އަބްދުއްރަހީމް އަބްދުއްލަތީފު އައްޔަންކުރަން ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.

Advertisement


މި ސަރުކާރުން މިހާރު ވަރަށް ބޮޑަށް ގުޅުން ބަދަހި ކުރަމުން އަންނަ ތުރުކީގެ ސަފީރު ކަމަށް އަބްދުއްރަހީމް އައްޔަން ކުރަން ފާސްކުރީ މަޖިލީހުގައި މިއަދު އެކަމަށް ނެގި ވޯޓުގައި ބައިވެރިވި 82 މެންބަރުންގެ އިއްތިފާގުންނެވެ.

އަބްދުއްރަހީމް އެމްއެންޑީއެފުން ރިޓަޔާ ކުރެއްވީ މި އަހަރުގެ އޭޕްރީލް މަހު އެވެ.

އޭނާ ތުރުކީގެ ސަފީރުގެ މަގާމަށް އައްޔަން ކުރާއިރު، ރާއްޖެ އިން ފުރަތަމަ ފަހަރަށް ތުރުކީގައި އެމްބަސީއެއް ހަދަން ނިންމީ މި ސަރުކާރުން މިދިޔަ އަހަރު ޑިސެމްބަރު 10 ގަ އެވެ.

މި ސަރުކާރުން ވަނީ ތުރުކީ އާ ވަރަށް ގާތް ގުޅުމެއް ގާއިމްކޮށްފަ އެވެ. އަދި ރާއްޖޭގައި ސިފައިން މިހާރު އޮޕަރޭޓް ކުރާ ޑްރޯންތަކަކީ ވެސް ތުރުކީ އިން ގަނެފައިވާ ޑްރޯންތަކެކެވެ. އޭގެ އިތުރުން އެ ގައުމުން ބައެއް ކާޑުގެ ބާވަތްތައް އިތުރު ކުރުމާއި އެހެން ދާއިރާތަކުން ވެސް ގުޅުން ބަދަހި ކުރަން މި ސަރުކާރުން ވަނީ ނިންމާފައެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.