"ސަމޯއާ އެގްރީމަންޓް"ގައި ރާއްޖެއިން ސޮއިކުރުން / ފޮޓޯ: ސަރުކާރު

ސަމޯއާ އެއްބަސްވުމުގައި ރާއްޖެއިން ސޮއިކޮށްފި

ހޯމަ 01 ޖުލައި 2024 | އަހުމަދު ދާއޫދު

ބައިނަލްއަގްވާމީ އެއްބަސްވުމެއް ކަމަށްވާ އޯގަނައިޒޭޝަން އޮފް އެފްރިކަން، ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސް (އޯއޭސީޕީއެސް)ގެ "ސަމޯއާ އެގްރީމަންޓް" ގައި ބައިވެރިވާން ރާއްޖެއިން މިއަދު ސޮއިކޮށްފި އެވެ.

Advertisement


ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގައި ހުންނަ އޯއޭސީޕީއެސްގެ އޮފީހުގައި ބޭއްވުނު ރަސްމިއްޔާތުގައި މިއެގްރީމެންޓުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ރާއްޖިން ބެލްޖިއަމްއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ގީލާ އަލީއެވެ.

ސަމޯއާ އެގްރީމަންޓުގައި ސޮއިކުރުމުގެ ސަބަބުން ރާއްޖެއަށް ގިނަ ދާއިރާތަކަކުން ފުރުސަތުތައް ފަހިވެގެންދާނެއެވެ. އެގޮތުން ހިއުމަން ރައިޓްސް އެންޑް ޑިމޮކްރަސީ، ޕީސް އެންޑް ސެކިއުރިޓީ، ޑިވެލޮޕްމަންޓް، އިކޮނޮމިކް ގްރޯތް، ކްލައިމެޓް ޗޭންޖް އަދި މައިގްރޭޝަން އެންޑް މޮބިލިޓީ ފަދަ ދާއިރާތަކުން ޔޫރަޕިއަން އިއްތިޙާދުން އެކި ދާއިރާތަކުން ފަހިކޮށްދޭ ފުރުޞަތުތައް ރާއްޖެއަށް ލިބުމުގައި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިގެންދާނެއެވެ.

މީގެތެރޭގައި ދިވެހިރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރާ ކަނޑުމަހުގެ އެކި ބާވަތްތަކަށް ރަނގަޅު އަގެއް ހޯދުމަށް އިތުރު ދޮރުތަކެއް ހުޅުވުމަށް މަގުފަހިވުންވެސް މި ފަސޭހަތަކުގެ ތެރޭގައި ހިމެނޭނެއެވެ.

މި އެއްބަސްވުމަކީ އޯއޭސީޕީއެސްގެ 79 ގައުމު އަދި ޔޫރަޕިއަން ޔޫނިއަންގެ 27 މެމްބަރު ގައުމު ހިމެނޭއިރު, ރާއްޖެ އޯއޭސީޕީއެސްގެ ފުރިހަމަ މެމްބަރު ގައުމަކަށްވެފައިވަނީ 9 ޑިސެމްބަރ 2022 ގައެވެ.



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.