މިއަދު މާލެމަތިން ދަތުރުކުރި ޖެޓްތައް ވީއައިއޭގައި ޖައްސާފައި / ފޮޓޯ: އޭވިއޭޓާސް މޯލްޑިވްސް

މާލެ މަތިން މިއަދު ދަތުރުކުރީ އިޓަލީގެ އަސްކަރީ ޖެޓުތަކެއް

އަންގާރަ 02 ޖުލައި 2024 | އަހުމަދު ދާއޫދު

ބާރު އަޑުފަށްގަނޑަކާ އެކު މިއަދު މެންދުރު ފަހު މާލެ މަތިން ދިޔައީ ހުއްދަ ނަގައިގެން އައި އިޓަލީގެ އަސްކަރީ މަތިންދާބޯޓުތަކެއް ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

Advertisement


މާލެ މަތިން ދަތުރު ކުރި އެ ބޯޓުތަކުގެ ބާރު އަޑު ގިނަ ބަޔެއްގެ ސަމާލުކަމަށް އައިސްފައިވާއިރު، އެމްއެންޑީއެފް އިން ބުނީ އެއީ ނަގަންޖެހޭ ހުއްދަތައް ނަގައިގެން ލޮޖިސްޓިކް ބޭނުމަށް ވެލާނާ އެއާޕޯޓަށް ޖެއްސި އިތަލީގެ އަސްކަރީ ބޯޓުތަކެއް ކަމަށެވެ.

އޭވިއޭޝަން ދާއިރާގެ ހަބަރުތައް ގެނެސްދޭ އޭވިއޭޓާސް މޯލްޑިވްސް އިން ބުނިގޮތުގައި އިޓަލީ އެއާފޯސްއަށް ނިސްބަތްވާ އަސްކަރީ ބޯޓުތައް ވީއައިއޭގައި ޓްރާންސިޓު ކުރީ ތެޔޮ އެޅުމަށެވެ.

މީގެ ކުރިން މިދިޔަ އަހަރުގެ އޮގަސްޓުމަހު ވެސް އިޓަލީ އެއާފޯސްގެ ފައިޓާ ޖެޓެއް ވީއައިއޭގައި ޓްރާންސިޓުކޮށްފައި ވެއެވެ.

މިއަދު ވީއައިއޭ އަށް ޓްރާންސިޓު ކުރީ ޔޫރޯ ފައިޓާ ޓައިފޫން މަރުކާގެ ޖެޓުތަކެކެވެ. މި މަރުކާގެ ބޯޓު އިޓަލީ އާއި އިނގިރޭސިވިލާތް އަދި ސްޕެއިން އާއި ޖަރުމަނުގެ އަސްކަރިއްޔާގައި ބޭނުން ކުރެ އެވެ.

ތެޔޮ އެޅުމާއި އެހެނިހެން ބޭނުންތަކަށް، ސިވިލް އޭވިއޭޝަން އޮތޯރިޓީން ދުރާލާ ހުއްދަ ނަގައިގެން، ބޭރުގެ އަސްކަރީ މަތިންދާބޯޓުތަކަށް ރާއްޖެއަށް ޖެއްސެ އެވެ. 



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.