މާލޭ މޭޔަރު އާދަމް އާޒިމް / ފޮޓޯ:އެމްޑީޕީ

އެމްޑީޕީ މާލޭ ދާއިރާގެ ރައީސްކަމަށް މޭޔަރު އާޒިމް ވާދަކުރައްވަނީ

އަންގާރަ 02 ޖުލައި 2024 | އަހުމަދު ދާއޫދު

އެމްޑީޕީގެ ޤައުމީ މަޖިލިހުން ހުސްވެފައިވާ މާލޭ ދާއިރާގެ ރައީސްކަމަށް މާލޭ މޭޔަރު އާދަމް އާޒިމް ވާދަކުރެއްވުމަށް ނިންމަވާ އެކަން އިއުލާނު ކުރައްވައިފިއެވެ.

Advertisement


އެކްސް މެދުވެރިކޮށް ކުރެއްވި ޕޯސްޓެއްގައި އާޒިމް ވިދާޅުވީ، އުފާވެރި އަދި އެކުވެރި ބަދަހި ސަފުތަކެއް ރޭވުމުގެ އަޒުމާއެކު، ތަރުތީބުކުރުމުގެ ޤާބިލުކަން ހުރުމާއި، ހިތާއި ރޫހުން މަސައްކަތް ކުރެވޭނެކަމަށް ޤަބޫލުކުރެވޭތީ، މާލޭ ދާއިރާގެ ރައީސްކަމަށް ކުރިމަތިލެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.

"إِنْ شَاءَ ٱللَّٰهُ . އުފާވެރި ، އެކުވެރި ބަދަހި ސަފުތަކެށް ރާވާ ހިންގުމުގެ އަޒުމާއެކު، ތަރުތީބު ކުރުމުގެ ގާބިލުކަން ހުރީތީވެ، ހިތާ ރޫހުން ވާނެކަން ގަބޫލު ކުރެވޭތީ އެމް.ޑީ.ޕީ ގައުމީ މަޖްލީހުގެ މާލޭ ދާއިރާގެ ރައީސްކަމަށް ތިހުރިހާ ބޭފުޅުންގެ ބައިވެރިވުމާއި އެކު ކުރިމަތިލުމަށް ނިންމައިފިން." އެކްސްގައި އާޒިމް ވިދާޅުވެފައި ވެއެވެ.

އެމްޑީޕީގެ ޤައުމީ މަޖިލިހުން ހުސްވެފައިވާ މަޤާމުތަކަށް ކުރިމަތިލުމަށް ހުޅުވާލައިފައި ވަނީ އިއްޔެއެވެ. އެގޮތުން އިންތިޚާބަށް ކުރިމަތިލުމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު މި މަހުގެ 7 ވާ އާދިއްތަ ދުވަހުގެ މެންދުރު 2:00ގެ ކުރިން ހުށަހެޅުމަށް އެޕާޓީން ވަނީ އެދިފައެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ 20 ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަމަހުގެ 2 ގައެވެ.

މީގެ ކުރިން އެމްޑީޕީގެ ގައުމީ މަޖިލީހުގައި މާލެ ދާއިރާގެ ރައީސަކަށް ހުންނެވީ ކުރިން މާލޭ މޭޔަރުކަން ކުރެއްވި ޝިފާ މުޙައްމަދެވެ. އެ މަޤާމު ހުސްވެގެން ދިޔައީ ޝިފާ ދަ ޑިމޮކްރެޓްސް ޕާޓީ އާއި ގުޅިވަޑައި ގެންނެވުމުންނެވެ.  



ކޮމެންޓް ކުރެއްވުމަށް

Copyright © 2019 Outreach.